ހދ. ނެއްލައިދޫ ނާހިދާ އަލީއަކީ އުމުރުން އެއް އަހަރާއި ބައިން ފެށިގެން ކަންފަތުން އެއްޗެހި ނުކުމެ ދެ ކަންފަތުގައި ލޯވަޅު އެޅިފައި އަޑުއިވުމުގެ މައްސަލަ ހުންނަ މީހެކެވެ. އެގޮތުން 2015 ވަނަ އަހަރު އެއް ކަންފަތުން ކުއްލިއަކަށް ގިނަ އަދަދެއްގެ ލޭ އަންނަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ނާހިދާގެ ބޮލުގައި ޓިއުމަރެއް އިންކަން އެނގުނެވެ. އެހެންކަމުން އިންޑިއާއަށް ގޮސް އާނަންތަޕޫރީ ހޮސްޕިޓަލުން އޮޕަރޭޝަން ކުރި ކަމަށް އާއިލާއިން ވަނީ ކިޔައި ދީފައެވެ. "2015 ވަނަ އަހަރު ހަމަ ކުއްލިއަކަށް ލޭ އަންނަން ފެށީ ގިނައިން، ލޭ އަންނާތީ ދެއްކީމަ އެމީހުން ބުނީ ބޮލުގައި ޓިއުމަރެއް އެބައިނޭ ބޮލުގެ އެއްފަޅީގައި." ނާހިދާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި…